Booking Terms & Conditions
Version 1.0
އުމުރާ ދަތުރު އެއްބަސްވުން
މި އެއްބަސްވުމަކީ، "ޓުރެވަލާރސް ޕވޓ ލމޑ" (މީގެ ފަހުން "ގްރޫޕް" ނުވަތަ "އިންތިޒާމުކުރާ ފަރާތް"ގެ ގޮތުގައި ހަވާލާދެވޭ) އާއި، އުމުރާ ދަތުރުގައި ބައިވެރިވާ ފަރާތް (މީގެ ފަހުން "އުމުރާވެރިޔާ"ގެ ގޮތުގައި ހަވާލާދެވޭ) އާ ދެމެދު، އުމުރާ ދަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައިވާ ކަންތައްތަކަށް ދެފަރާތުންވެސް ޢަމަލުކުރުމަށް އެއްބަސްވެފައިވެއެވެ.
ދަތުރުގެ ތަފްޞީލް
މި އެއްބަސްވުމުގެ އެނެކުޝް 1 ގެ ގޮތުގައި އެޓޭޗުކުރެވިފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މާލެއިން ފުރުމާއި މާލެ އަނބުރާ އައުމުގެ ދަތުރުގެ ކަންތައްތައް ގުރޫޕުން ހަމަޖައްސައި ދޭންވާނެއެވެ.
މި ލިޔުމުގައި ބަޔާންކޮށްފައިވާ ކަމެއް ބަދަލުވެއްޖެނަމަ، މި އެއްބަސްވުމުގައި ސޮއިކުރެވޭއިރު އުމުރާވެރިޔާ ގުޅޭނެކަމަށް ބަޔާންކޮށްދީފައިވާ ނަންބަރަށް މެސްޖުކުރަންވާނެއެވެ. މި ގޮތަށް މެސްޖުކުރުމުން އެނގުނީކަމަށް ބެލޭނެއެވެ. ނަމަވެސް ދޮށީއުމުރުގެ މީހުންނަށް ފޯނުންގުޅައި ނުވަތަ އެ ފަރާތުގެ ފަރާތުން މުއާމަލާތްކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އަންގަންވާނެއެވެ.
ގްރޫޕުން ހަމަޖައްސައިދޭ ޚިދުމަތްތައް
މި އެއްބަސްވުމުގެ އެނެކުޝް 2 ގެ ގޮތުގައި އެޓޭޗުކުރެވިފައިވާ ލިޔުމުގައި ގްރޫޕުން ހަމަޖައްސައިދޭނެ ކަންތައްތައް ބަޔާންކޮފައިވާނެއެވެ.
މި ލިޔުމުގައި ބަޔާންކޮށްފައިވާ ކަމެއް ބަދަލުވެއްޖެނަމަ، މި އެއްބަސްވުމުގައި ސޮއިކުރެވޭއިރު އުމުރާވެރިޔާ ގުޅޭނެކަމަށް ބަޔާންކޮށްދީފައިވާ ނަންބަރަށް މެސްޖުކުރަންވާނެއެވެ. މި ގޮތަށް މެސްޖުކުރުމުން އެނގުނީކަމަށް ބެލޭނެއެވެ. ނަމަވެސް ދޮށީއުމުރުގެ މީހުންނަށް ފޯނުންގުޅައި ނުވަތަ އެ ފަރާތުގެ ފަރާތުން މުއާމަލާތްކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އަންގަންވާނެއެވެ.
މި ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގްރޫޕުން ކޮންމެ ހަތަރު މީހަކަށް ކޮޓަރިއެއް ހަމަޖައްސައި ދެވޭނެއެވެ.
ވަކިބަޔަކު އެއްބަސްވެގެން މަދުވެގެން ހަތަރު މީހުން އެއްކޮޓަރިއެއްގައި ނުވަތަ އެއަށްވުރެން ގިނައިން އެއްކޮޓަރިއެއްގައި ތިބުމަށް ބޭނުންވެއްޖެނަމަ، އެ ފަރާތްތަކުން ފައިސާ ދައްކާއިރު ނުވަތަ ލަސްވެގެން ފުރުމުގެ 10 ދުވަސްކުރީ ގްރޫޕަށް ލިޔުމަކުން އަންގަށްވާނެއެވެ.
އެއް ކޮޓަރިއެއްގައި ހަތަރު މީހުންނަށް ވުރެން މަދުން ތިބުމަށް ބޭނުން ވެއްޖެނަމަ، ގްރޫޕުން ކަނޑައަޅާ ފީ އެއް އުމުރާ ދަތުރުގެ އަގުގެ އިތުރުން ދައްކަށްޖެހޭނެއެވެ. މި ފަދަ ހާލަތެއްގައި ފުރުމުގެ 10 ދުވަސްކުރީ ގްރޫޕަށް އަންގަށްވާނެއެވެ.
މި ދަތުރުގައި ދޫކޮށްލާ ދަބަހުގައި .... ކިލޯ އަށްވެރެން، އަދި އަތުން ގެންދާ ދަބަހުގައި ... ބަރުވެގެން ނުވާނެއެވެ.
މުއާޞަލާތީ ކަންތައްތައް
ދަތުރު ފެށުމުގެ މަދުވެގެން 30 ދުވަސް ކުރިން ދަތުރުގެ ބައިވެރިންނާއި އެހީތެރިން ހިމެނޭ ވައިބަރ ގްރޫޕެއް އުފައްދާނެއެވެ
ގްރޫޕުގެ ވެރިންނަށް އަންގަންޖެހޭ ނުވަތަ އޮޅުންފިލުވަން ބޭނުންވާ ކަންތައްތައް އެ ގްރޫޕަށް މެސެޖްކުރަންވާނެއެވެ.
ސިއްރު ނުވަތަ ޒާތީ ކަންކަން ޙިއްޞާކުރަން ބޭނުންވާނަމަ، ވަކިން މެސެޖްކުރުމުގެ ފުރުޞަތު އޮންނާނެއެވެ
މައްކާއަށް ދެވުމުން ސައުދީ ސިމްކާޑު ބޭނުންވާ ފަރާތްތަކަށް އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ
ދަތުރު ފެށުމުގެ ކުރިން ޑިޖިޓަލް ސިމް ބޭނުންވާ ފަރާތްތަކަށް، އެ ފަރާތުން ފައިސާ ދައްކާގޮތަށް އެކަން ހަމަޖައްސައިދެވޭނެއެވެ
ދަތުރުގައި ކޮންމެ ބައިވެރިޔަކުވެސް ޑޭޓާ ސިމްކާޑެއް ބޭނުންކުރުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ
ދަތުރުގައި އަބަދުވެސް ގްރޫޕުން ދޫކޮށްފައިވާ އައިޑެންޓިފިކޭޝަން ކާޑު ކަރުގައި އަޅާފައި ބަހައްޓަންވާނެއެވެ
ގްރޫޕާ ވަކިން ދުރު ދަތުރަކަށްދާނަމަ، އެކަން ގްރޫޕުގެ ލީޑަރުންގެ ތެރެއިން މީހަކަށް ނުވަތަ ގްރޫޕުގައި އަންގަންވާނެއެވެ
ދަތުރު ތެރޭގައި އެކަނި އެއްވެސް ތަނަކަށް ދާނަމަ، އެކަން ގްރޫޕުގެ ލީޑަރުންގެ ތެރެއިން މީހަކަށް ނުވަތަ ގްރޫޕުގައި އަންގަންވާނެއެވެ
ސިއްޙީ މަޢުލޫމާތު، އެހީތެރިކަން، މެޑިކަލް އިންޝުއަރެންސް އަދި ހޮސްޕިޓަލައިޒޭޝަން
އުމުރާއަށް ދިޔުމަށް ފައިސާ ދައްކާއިރު، ދަތުރުވެރިޔާގެ ސިއްޙީ ޙާލަތު ގްރޫޕުގެ އެހީތެރިންނަށް ބަޔާންކޮށްދޭންވާނެއެވެ
ދަތުރު ފެށުމުގެ ކުރިން ބަލި ޙާލަތުގެ ފުރިހަމަ މަޢުލޫމާތު ގްރޫޕަށް އަންގަންޖެހޭނެއެވެ. މިފަދަ މަޢުލޫމާތު ނުދިނުމުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ޒިންމާ ގްރޫޕުން ނުނަގާނެއެވެ
ސިއްޙީ ސަބަބަކާހުރެ އަމިއްލައަށް ހިނގާބިނގާވެ ނޫޅެވޭ ފަރާތްތަކުން އެހީތެރިޔަކު ގެންދަންވާނެއެވެ. މިފަދަ ޙާލަތެއްގައި ހުރި މީހަކަށް ގްރޫޕުގެ ފަރާތުން އެ ފަރާތެއްގެ ޖިންސުގެ އެހީތެރިޔަކު ހޯދައިދިނުމަށް މަސައްކަތްކޮށްދެވޭނެއެވެ. ނަމަވެސް އެފަދަ އެހީތެރިޔަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ އެ ފަރާތުގެ ޒިންމާއެކެވެ
ކޮންމެ ދަތުރުވެރިޔަކަށް މެޑިކަލް އިންޝުއަރެންސް އިތުރު އަގަކާ ނުލައި ހަމަޖައްސައިދެވޭނެއެވެ.
ދަތުރުވެރިޔަކަށް އެ ފަރާތަކަށް ޚާއްޞަ އިންޝުއަރެންސް ނެގުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މިފަދަ އިންޝުއަރެންސް ނެގުމަކުން ގްރޫޕުގެ އިންޝުއަރެންސަށް ބަދަލެއް ނާންނާނެއެވެ
ދަތުރުގައި ކުރިން އެނގިފައިނުވާ ސަބަބަކާހުރެ ދަތުރުވެރިޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިނަމަ، ގްރޫޕުގެ ފަރާތުން އެހީތެރިޔަކު، އެ ފަރާތެއްގެ އެހީތެރިޔަކު ހޮސްޕިޓަލަށް އައިސް ބަލިމީހާއާ ޙަވާލުވަންދެން ބަލަހައްޓައިދެވޭނެއެވެ. ނަމަވެސް މުޅި ގްރޫޕު ފުރާ ދުވަހުގެ ފަހުން ލަސްވެގެން 3 (ތިން) ދުވަހުގެ ތެރޭގައި އެހީތެރިޔަކު ގެންނަންވާނެއެވެ.
އެހީތެރިޔަކު ސައުދީއަށް އައުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ ކަންތައްތައް ގްރޫޕުން ހަމަޖައްސައިދެވޭނެއެވެ. ނަމަވެސް އެކަމަށް ހިނގާ ޚަރަދުގެ ކަންތައް ހަމަޖައްސަންޖެހޭނީ އުމުރާވެރިއާއެވެ.
ކެއުމުގެ އިންތިޒާމުތައް
ދަތުރުގައި ކެއުމުގެ ކަންތައްތައް ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ހަމަޖައްސައިދެވޭނެއެވެ. ގަޑިއަށް ކާންނުދެވުމުގެ ސަބަބުން ކެއުން ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ހޮޓަލުގައި ކެއުމުގެ ކަންތައްތައް ހަމަޖެހިފައިވަނީ ވަކި ގަޑިތަކެއްގައި ކަމުން، ގްރޫޕަށް ބޭނުންވިޔަސް އެކަން ބަދަލުކުރުމުގެ ފުރުޞަތެއް ނޯންނާނެއެވެ
ވަގުތު އޮތްވާ ކާގަޑިއަށް ނާދެވޭނެކަން އަންގައިފިނަމަ، ޕާރުސަލް ތައްޔާރުކުރުމަށްފަހު، އެމީހެއްގެ ކޮޓަރިއަށް ނުވަތަ އެމީހަކު ބުނާ މީހަކާ ޕާރުސަލް ޙަވާލުކޮށްދެވޭނެއެވެ
ޚާއްޞަ ބޭނުންތައް ހުރި އުމުރާވެރިޔާ (ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތައް، ޚާއްޞަ ކެއުމުގެ ބޭނުންތައް ހުރި ފަރާތްތައް، ފަދަ) ދަތުރަށް ރަޖިސްޓަރީވާއިރު އެކަން ގްރޫޕަށް އަންގަންވާނެއެވެ
ދަތުރުގެ ޕްރޮގްރާމް
މި އެއްބަސްވުމުގެ އެނެކުޝް 3 ގެ ގޮތުގައި އެޓޭޗުކުރެވިފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުމުރާ ދަތުރުގެ ކަންތައްތައް ގުރޫޕުން ހަމަޖައްސައި ދޭންވާނެއެވެ.
މި ލިޔުމުގައި ބަޔާންކޮށްފައިވާ ކަމެއް ބަދަލުވެއްޖެނަމަ، މި އެއްބަސްވުމުގައި ސޮއިކުރެވޭއިރު އުމުރާވެރިޔާ ގުޅޭނެކަމަށް ބަޔާންކޮށްދީފައިވާ ނަންބަރަށް މެސްޖުކުރަންވާނެއެވެ. މި ގޮތަށް މެސްޖުކުރުމުން އެނގުނީކަމަށް ބެލޭނެއެވެ. ނަމަވެސް ދޮށީއުމުރުގެ މީހުންނަށް ފޯނުންގުޅައި ނުވަތަ އެ ފަރާތުގެ ފަރާތުން މުއާމަލާތްކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އަންގަންވާނެއެވެ.
މައްކާއިން މަދީނާ ފުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ގްރޫޕު އަންގާ ގަޑިއެންގެ 90 މިނެޓްކުރީން ހުރިހާ ތަކެއްޗެއް ޕެކްކުރުމަށްފަހު ބޮޑު ފޮށި ގްރޫޕުން އަންގާ ފްލޯއަކަށް އުމުރާވެރިޔާ ގެނެސްދޭވާނެއެވެ.
އުމުރާ އަޅުކަން ފުރިހަމަކުރުމަށްޓަކައި، ކަންތައްތައް ފުރިހަމައަށް ނޭނގޭ މީހުންނަށް ގްރޫޕުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
އެހީތެރިންނާއެކު އުމުރާ ކުރުމަށް މަސްޖިދުލް ޙަރަމަށް ދާނީ ވަކިވަކި ގްރޫޕުތަކަށް ބަހާލައިގެންނެވެ
ގްރޫޕުން އަންގާފައިވާ ގަޑިއަށް މައްކާ ހޮޓަލުން ނުވަތަ މަދީނާ ހޮޓަލުން ފުރައިގެން ކުރާ އެތެރޭގެ ދަތުރުތަކުގައި، ދަތުރުވެރިޔާ އެއްވެސް އެންގުމަކާ ނުލައި ގަޑިއަށް ޙާޟިރުނުވެއްޖެނަމަ، އެ ފަރާތް ބަހައްޓާފައި ދަތުރު ކުރިއަށް ގެންދެވޭނެއެވެ.
ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުނުވުމުގެ ސަބަބުން ނުވަތަ ސަޢޫދީން ފުރާއިރު ދިމާވާ އެއްވެސް މައްސަލައެއްގެ ޒިންމާ ގްރޫޕުން ނުނަގާނެއެވެ. މިފަދަ ޙާލަތެއްގައި ދަތުރުވެރިޔާއަށް އެހީތެރިވުމަށް ގްރޫޕުގެ އެހީތެރިޔަކު މަޑުކުރަން ޖެހި، ޓިކެޓް އަލުން ނަގަން ޖެހިއްޖެނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ދަތުރުވެރިޔާއެވެ. ގްރޫޕުން މިފަދަ ކަމެއް ހަމަޖައްސައިދިނުމަށްފަހު، އެކަމަށް ހިނގި ޚަރަދު ހޯދުމުގެ ފުރިހަމަ އިޚްތިޔާރު ގްރޫޕަށް ލިބިގެންވެއެވެ.
ފައިސާ ދެއްކުމާއި ދަތުރު ކެންސަލްކުރުން
އުމުރާ ދަތުރަށް ރަޖިސްޓަރީވުމަށްފަހު އެ ދަތުރުގެ ފައިސާ ދައްކަންވާނީ ގްރޫޕުން އަންގާ ގޮތެއްގެ މަތިންނެވެ.
އުމުރާ ދިޔުމަށް ރަޖިސްޓްރީ ވުމަށްފަހު އެ ދުވަހު ރަޖިސްޓްރީ ފީ ކަމުގައިވާ -/5000ރ (ފަސްހާސް ރުފިޔާ) ދައްކަށްވާނެއެވެ.
އުމުރާ ދަތުރަށް ފުރުމަށް ހަމަޖެހިފައިވާ ދުވަހުގެ 45 ދުވަސްކުރީ ބަކީ ފައިސާ ދައްކަށްވާނެއެވެ.
އުމްރާ ދަތުރަށް ރަޖިސްޓަރީވުމަށްފަހު، ދަތުރު ފެށުމަށް ހަމަޖައްސާފައިވާ ތާރީޚަށް 90 ދުވަސް ކުރީން ދަތުރު ކެންސަލްކުރާނަމަ، އެހާތަނަށް ދައްކާފައިވާ ޖުމުލަ ފައިސާގެ 90 އިންސައްތަ އުނިކުރުމަށްފަހު، ބާކީ ފައިސާ ރިފަންޑުކުރެވޭނެއެވެ.
އުމްރާ ދަތުރަށް ރަޖިސްޓަރީވުމަށްފަހު، ދަތުރު ފެށުމަށް ހަމަޖައްސާފައިވާ ތާރީޚަށް 60 ދުވަސް ކުރީން ދަތުރު ކެންސަލްކުރާނަމަ، އެހާތަނަށް ދައްކާފައިވާ ޖުމުލަ ފައިސާގެ 60 އިންސައްތަ އުނިކުރުމަށްފަހު، ބާކީ ފައިސާ ރިފަންޑުކުރެވޭނެއެވެ.
އުމްރާ ދަތުރަށް ރަޖިސްޓަރީވުމަށްފަހު، ދަތުރު ފެށުމަށް ހަމަޖައްސާފައިވާ ތާރީޚަށް 45 ދުވަސް ކުރީން ދަތުރު ކެންސަލްކުރާނަމަ،އެހާތަނަށް ދައްކާފައިވާ އެއްވެސް ފައިސާ ރިފަންޑުކުރެވޭނެއެވެ.
މި މާއްދާގައި ރިފަންޑުތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތައް އެހެން ހުއްޓަސް، ޚާއްޞަ ޙާލަތްތަކެއް ދިމާވާނަމަ އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ގްރޫޕަށް ލިބިގެންވެއެވެ.
ޒިންމާތަކާއި ޤާނޫނީ މާއްދާތައް
އުމުރާވެރިޔާ އަމިއްލަ ތަކެއްޗަށް ޒިންމާވާންޖެހޭނެއެވެ. ގެއްލުން ނުވަތަ ވަގަށްނެގުން ފަދަ ކަންކަމުގައި ގްރޫޕުން ޒިންމާއެއް ނުނަގާނެއެވެ
ދަތުރުގައި ސައުދީ ޢަރަބިއްޔާގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ދަތުރުވެރިއެއްގެ ޒިންމާއެކެވެ. ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ދިމާވާ އެއްވެސް މައައްސަލައަކާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ނުވަތަ އެހެނިހެން ފައިސާގެ ޒިންމާ ގްރޫޕުން އުފުލައިނުދޭނެއެވެ. އެހެންނަމަވެސް، މިފަދަ ހާލަތެއްގައި ދަތުރުވެރިޔާގެ ޢާއިލާއާ ގުޅައި، އެކަމާ ގުޅުންހުރި އިދާރީ ކަންކަން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެއްވެސް ކަމަކާއިގުޅިގެން ދަތުރުވެރިއަކު ފުރަން ޖެހިއްޖެނަމަ، ޓިކެޓުބަދަލުކުރުމަށް ދާ ހަރަދު ޒިއްމާ ނަގަންޖެހޭނީ އެ ފަރާތެކެވެ. ނަމަވެސް އެކަމާއި ގުޅިގެން ދަތުރުވެރިޔާގެ އާއިލާގެ ފަރާތަކަށް ގުޅައި ހަމަޖައްސަންޖެހެ ކަންތައް ހަމަޖައްސައިދޭނެއެވެ.
އަމިއްލަ ސަބަބަކާހުރެ ދަތުރުވެރިއަކު ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ފުރަންޖެހިއްޖެނަމަ، ޓިކެޓް ބަދަލުކުރުމަށް ހިނގާ އެންމެހައި ޚަރަދުތަކުގެ ޒިންމާ އުފުލަންޖެހޭނީ އެ ދަތުރުވެރިޔާއެވެ. ނަމަވެސް، މިފަދަ ހާލަތެއްގައިވެސް ދަތުރުވެރިޔާގެ ޢާއިލާއާ ގުޅައި، ދަތުރާ ގުޅޭ ބަދަލުތައް ގެނައުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ދަތުރުގައި ދިމާވާ ޤުދުރަތީ ކާރިސާތަކާއި، މަގުމަތީން ޓުރެފިކުގެ ސަބަބުންނާއި ޤާނޫނީ ހުރަސްތަކާއި، ސިޔާސީ ނުވަތަ އެހެނިހެން ކުއްލި ހާދިސާތަކުގެ ސަބަބުން ދަތުރުގެ ޕްރޮގްރާމަށް ގެންނަންޖެހޭ ބަދަލުތަކަށް ދަތުރުވެރިން އެއްބަސްވާންވާނެއެވެ.
އުމުރާވެރިޔާ އަދި ގުރޫޕުން ދޭ ޔަގީންކަން
އުމުރާ ދަތުރުފުޅުގައި، އެއްވެސް އުމުރާވެރިޔަކަށް ހިތްހަމަނުޖެހުމެއް ނުވަތަ ދަތިކަމެއް ކުރިމަތިވެއްޖެނަމަ، އެކަމުގެ ޝަކުވާ ނުވަތަ ހައްލުކުރަން އެދޭ ކަމެއް ގްރޫޕުގެ އިސްވެރިންނަށް ހުށަހަޅައި، އެކަމުގެ ތަފްސީލު ދިނުމަކީ އުމުރާވެރިޔާގެ ޒިންމާއެކެވެ. މިފަދަ ކަންތައްތަކަށް ގްރޫޕުން މަރުޙަބާ ކިޔައި، އެކަންކަމަށް އިޖާބަދޭންވާނެއެވެ. އަދި ޝަކުވާ ހުށަހަޅާ ފަރާތަކަށް، ގްރޫޕުގެ އެއްވެސް މީހަކު އިހާނެތިކޮށް ނުވަތަ އިހުތިރާމްކުޑަ ގޮތަކަށް ކަންތައް ނުކުރެވޭނެއެވެ.
ގްރޫޕުގެ އެއްވެސް އެހީތެރިއަކު ނުވަތަ ވެރިޔަކު، އުމުރާވެރިޔާއާ މުޢާމަލާތްކުރުމުގައި، އެފަރާތަށް ބަދުނާމުވާފަދަ ނުވަތަ ފުރައްސާރަކުރެވޭފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ. ހަމަ އެފަދައިން، އުމުރާވެރިންވެސް އެހެން އުމުރާވެރިންނަށާއި، ގްރޫޕުގެ ވެރިންނަށާއި އެހީތެރިންނަށް އިހްތިރާމާއެކު މުޢާމަލާތް ކުރަން ވާނެއެވެ.
އުމުރާވެރިންނާއި ގްރޫޕުގެ ފަރާތުންވެސް، އެއް ފަރާތަކުން އަނެއް ފަރާތުގެ ހައިބަތާއި އިހުތިރާމަށް ނުވަތަ ވިޔަފާރީގެ މަސައްކަތަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް އުނިކަމެއް ނުވަތަ ބަދުނާމުކަމެއް ލިބޭފަދަ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ. މިފަދަ ޢަމަލެއް ގްރޫޕުގެ އެހީތެރިއެއް ކޮށްފިނަމަ، އެ ފަރާތަކާމެދު ޤާނޫނީ އަދި އިދާރީ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ގްރޫޕުން ދެއެވެ. އަދި މިފަދަ ހާލަތެއްގައި ޢުމްރާވެރިއަކު ގްރޫޕުގެ ފަރާތުން އެހީތެރިކަމަށް އެދިއްޖެނަމަ، އެކަމާގުޅޭ އެންމެހައި މައުލޫމާތެއް ގްރޫޕުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް ދެއެވެ.
އުމުރާވެރިޔާ، މި މާއްދާގެ އެހެނިހެން ބައިތަކަށާއި، ޚާއްސަކޮށް 9.3 ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރުމަށް އެއްބަސްވެއެވެ. މި އެއްބަސްވުމާ ޚިލާފަށް އަމަލުކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ބަދަލު ހޯދުމަށް، ގްރޫޕަށާއި އުމުރާވެރިޔާއަށްވެސް ޙައްޤު ލިބިގެންވެއެވެ.
ހާއްސަކޮށް، ގްރޫޕުގެ ފަރާތުން ނުވަތަ ގްރޫޕުގެ އެހީތެރިޔަކަށް އުމުރާވެރިއަކާ ގުޅޭގޮތުން ޝަކުވާއެއް ނުވަތަ ހިޔާލުތަފާތުވުމެއް ދިމާވެއްޖެނަމަ، އެފަދަ މައްސަލަތައް ސޯޝަލް މީޑިއާގައި ޢާންމުކޮށް ހާމަކޮށްގެން ނުވާނެއެވެ. މިކަމާ މެދު އުމުރާވެރިޔާ އަދި ގްރޫޕުންވެސް ޔަގީންކަން ދެއެވެ.
އެއްބަސްވުން ފެށުން
10.1- މި އެއްބަސްވުމުގައި ސޮއިކުރުމުން ނުވަތަ ފައިސާ ދެއްކުމުން ދަތުރުވެރިޔާ މި އެއްބަސްވުމަށް އެއްބަސްވީކަމުގައި ބެލެވޭނެއެވެ. އަދި މި އެއްބަސްވުމުގައިވާ ހުރިހާ ޝަރުޠުތަކަކަށް ޢަމަލުކުރުމަށް އެއްބަސްވީކަމުގައި ބެލެވޭނެއެވެ.
11- ޚާއްޞަ ބޭނުންތަކާއި އިތުރު ޚިދުމަތްތައް
އިތުރު ޚިދުމަތްތަކަށް (ޚާއްޞަ ޒިޔާރަތްތައް، ޕްރައިވެޓް ޓްރާންސްޕޯޓޭޝަން، ފަދަ) އެދޭނަމަ، ދަތުރު ފެށުމުގެ މަދުވެގެން 14 ދުވަސް ކުރިން އެކަން ގްރޫޕަށް އަންގަންވާނެއެވެ. މިފަދަ ޚިދުމަތްތަކަށް އިތުރު ފީއެއް ނެގޭނެއެވެ.
ހާއްސައެހީ އަށް ބޭނުންވާފަދަ މީހަކުނަމަ، އެމީހެއްގެ ހާލަތު ދަތުރަށް ފުރަތަމަ ރަޖިސްޓުރީ ވާއިރު ގުރޫޕަށް އަންގަންވާނެއެވެ.
ދަތުރު މަތީގައި އުޅެނިކޮށް ހާއްސައެހީ އަށް ބޭނުންވާފަދަ ހާލަތަކަށް ގޮސްފިނަ، ގްރުޕޫގެ އެހީތެރީންގެ ވަގުތު ހަމަޖެހިފައިވާ ގޮތުގެ މަތީން އެފާރަތަކަށް ފޯރުކޮށްދޭޖެހޭ ހިދުމަތްތަށް ފޯރުކޮށް ދޭންވާނެއެވެ.
މިފަދަ ހާލަތެއް ނޫނަސް ބަލިވެއްޖެނަމަވެސް ގްރުޕޫގެ އެހީތެރީންގެ ވަގުތު ހަމަޖެހިފައިވާ ގޮތުގެ މަތީން އެފާރަތަކަށް ފޯރުކޮށްދޭޖެހޭ ހިދުމަތްތަށް ފޯރުކޮށް ދޭންވާނެއެވެ.
ޤާނޫނީ ހައިސިއްޔަތު
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ތަންފީޛުކުރެވޭ ޤާނޫނީ އެއްބަސްވުމެކެވެ. މި އެއްބަސްވުމާ ގުޅިގެން އުފެދޭ ޚިލާފުތައް ޙައްލުކުރެވޭނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައެވެ.
Published April 23, 2026